Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ގަރާޖު ސިޓީ އުވާލުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި

ގަރާޖު ސިޓީ އުވާލުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފި

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖެއްގެ ލިޔުން ނުވަތަ "ގަރާޖު ސިޓީ" ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލް އިތުރަށް ދިރާސާ ކުރަން އަނބުރާ ބިލު ދިރާސާ ކުރި ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި މި ބިލުގައިވާ ގޮތުގެ މަތިން މަތިން ގަރާޖު ސިޓީ އުވާލަން ކޮމިޓީއިން ވެސް ފާސްކޮށް ތަޅުމަށް ބިލު ގެނައުމުން، އެމްޑީޕީގެ ބައެއް އިސް މަގާމުތަކުގައި ތިބި ބައެއް މެންބަރުން ވަނީ އެ ބިލް ފާސްކުރަން ތާއީދު ނުކުރައްވާ ކަން ހާމަކުރައްވާފައެވެ.

ގަރާޖު ސިޓީ އުވާލުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

Advertisement
Allied — Dhen Online (box)

މަޖިލީހަށް މިއަދު ހާޒިރުވެ ތިއްބެވި 47 މެންބަރުންގެ ވޯޓުން، އެ ހުށަހެޅުން ފާސްވިއެވެ. ކޮމިޓީއަށް އެ ބިލު ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއް މެންބަރެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވީ ވެސް އެންމެ މެންބަރެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް