Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހައިރިސްކު ހުރިހާ ގައިދީން ގެއަށް ބަދަލު ކުރަނީ

ހައިރިސްކު ހުރިހާ ގައިދީން ގެއަށް ބަދަލު ކުރަނީ

ޖަލުތަކުގައި ކޮވިޑް-19 ފެތުރޭތީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑުވާ ފަދަ ނުވަތަ ހައިރިސްކު ހުރިހާ ގައިދީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިރިސްކް ހުރިހާ ގައިދީން ވަގުތީ ގޮތުން ގެއަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެއީ ޖަލުތަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އަަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމުގައި ވެސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

https://twitter.com/ahumadhumohamed/status/1387805070255742977?s=20

Advertisement
Allied Insurance — Square (box)

ކޮމިޝަނަރ އޮފް ޕްރިޒަންސް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ  ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރެއްވިތާ އިރުކޮޅެއް ފަހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސި ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމަށް ފަހު މިހާރު އަނެއްކާ ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 464 މީހުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައި ވެއެވެ. އަދި މިއަދު ވެސް 318 މީހުން ފައްސިވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް