Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާރަށުން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ޕީޖީއަށް

އާރަށުން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ޕީޖީއަށް
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފިއެވެ. މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. މިމައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލައިފައެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ރައީސް އަބްދުﷲ ޔާމީން ރޭގެ ވަގުތެއްގައިވަނީ ގެއަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ކޮން ޝަރުތުތަކަކާއެކު ކިތައް ދުވަހަށް ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ކަރެޝަންސް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައި ވަނީ ޖަލުގައި ކޮވިޑް-19 ފެތުރެމުން ދާތީ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް