Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެ ސަރަހައްދުން ހިފެހެއްޓީ ލަންކާގެ މަސް ބޯޓުތަކެއް

ރާއްޖެ ސަރަހައްދުން ހިފެހެއްޓީ ލަންކާގެ މަސް ބޯޓުތަކެއް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، އޭޕްރީލް 28 ވަނަ ދުވަހު ހިފެހެއްޓީ ސްރީލަންކާގެ ބޯޓުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ އިރާކޮޅު ކޯސްޓް ގާޑް ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލް ދަތުރެއްގައި މ އަދި ވ އަތޮޅާ ދިމާލުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ 5 މަސް ބޯޓެއްް ފެނިގެން އެ ބޯޓުތައް ކޯސްޓް ގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާނެ ކަމަށެވެ. އޭގެ ކޮންމެ ބޯޓެއްގައި 6 މީހުން ތިބިކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ހުރަވީގެ ބެލުމުގެ ދަށުން އެ ބޯޓުތައް އިއްޔެ ވަނީ ހުޅުމާލެއަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފައެވެ.

Advertisement
HDC — Sidebar (box)

މި ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެންނެވެ. މި މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް