Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިނަދޫން އިތުރު 7 މީހަކު ފައްސިވެ، ޖުމްލަ އަދަދު 17 އަށް

ތިނަދޫން އިތުރު 7 މީހަކު ފައްސިވެ، ޖުމްލަ އަދަދު 17 އަށް

ގދ. ތިނަދޫން އިތުރު 07 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ފައްސިވެފައި ވަނީ ހޯމް ކަރަންޓީން މުއްދަތު ހަމަވުމަށް ފަހު މިމަހު 26ވަނަ ދުވަހު ނެގި ސާމްޕަލެއް ކޮވިޑް-19އަށް ފައްސި ވެފައިވުމުން، އެ ކޭސްގެ ކޮންޓެކްޓް ޓްރޭސިންގގައި ފާހަގަ ކުރެވުނު ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުގެ ތެރެއިން ނެގުނު އިތުރު 07 ސާމްޕަލެއްގެ ނަތީޖާއެވެ.

ފައްސިވެފައިވާ 7 މީހުންނަކީ ވެސް ބިދޭސީންނެވެ. މިއާ އެކު މިހާރު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 17އެވެ. އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަނީ ފަށައިފައެވެ.

Advertisement
Ooredoo — Truecaller (box)

މިމަހު 24ވަނަ ދުވަހު ތިނަދޫން ވަނީ ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.

އެ ހޮސްޕިޓަލުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް