Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާދިނުމަކީ އިންސާނިއްޔަތާ ޚިލާފުކަމެއް: ޝަހީމް

ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާދިނުމަކީ އިންސާނިއްޔަތާ ޚިލާފުކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. ޝަހީމް ވިދާޅުވީ ޞުލްޙަވެރި ޙަރަކާތްތަކުގައި އަޑު އުފުލާ ފަރާތްތަކަށް ޤާނޫނީ އިމުން ބޭރުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާދިނުމަކީ އިންސާނިއްޔަތާ ޚިލާފުކަމެއް ކަމަށާއި އެ ފަދަ ކަންކަން ތަޙުޤީޤުކޮށް ޤާނޫނީ އަވަސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

https://twitter.com/mohamedshaheem1/status/1388743297649106945?s=21

Advertisement
HDC — Sidebar (box)

ޝަހީމް މިހެން ވިދާޅުވެފައި ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖުގެ ތެރެއިން ފުލުހުން ބޭއަދަބީ ބަސް ބޭނުންކޮށް، ބާރުގެ ބޭނުން ކޮށްފައިވަނިކޮށެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖުން އެމީހުން ފެށީ ރަސްފަންނު ސަރަހައްދުގައެވެ. އެއްވުން ކޮންޓްރޯލްކުރަން އުޅުނު ފުލުހުންގެ ފަރާތުން މުޒާހަރާގެ ބައިވެރިންނަށް ލިބުނު އަނިޔާތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް