Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިހާރު ރައްޔިތުންގެ އުންމީދަކީ އާ ވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކި ޖެހިފައިވާ ކަންކަން ހިނގުން : މަލީޙް

މިހާރު ރައްޔިތުންގެ އުންމީދަކީ އާ ވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކި ޖެހިފައިވާ ކަންކަން ހިނގުން : މަލީޙް

ރައްޔިތުން މިހާރު އުންމީދު ކުރަމުން ދަނީ އާވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ، ހުއްޓިފައިވާ ކަންތައްތައް ކުރާނެ ދުވަހަކަށް ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދުވެފައި ވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. މަލީހު ވިދާޅުވީ އެމްޑީޕީއަކީ ކަން ނުވާ ލީޑަރުން އުފައްދާ ޕާޓީއެއް ކަމަށެެވެ. އަދި މި ސަރުކާރު ނުހިންގޭކަން ހާމަވާކަމަށް މަލީހު ވިދާޅުވިއެވެ.

“ސަރުކާރު ނުހިންގި ދަބަރަށްވެ ނިމިއްޖެ. މިހާރު ރައްޔިތުން އުންމީދު ކުރަމުންދަނީ އާވެރިޔަކު ޤައުމު ހިންގުމާ ހަވާލުވެ ބުރެކިޖެހިފައިވާ ކަންކަން ހިނގައިގަންނާނެ ދުވަހަކަށް” މަލީހު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/maleehjamal/status/1388745668232052737?s=21

މީގެ އިތުރުން ވެސް މަލީހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިއްޔެ ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި ހުރިހާ ޒުވާނުން އެމްޑީޕީއަށް ނޫނެކޭ ބުނެ ޕާޓީއިން ވަކިވާންވި ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް