ދުނިޔެ

އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރުކުރާ މީހުން ފަސް އަހަރަށް ޖަލަށް ލަނީ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެމުންދާތީ، އެ ޤައުމުން އޮސްޓްރޭލިއާއަށް ދަތުރުކުރުން މަނާކޮށް، ޤަވާއިދާ ޚިލާފަށް ދަތުރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދޭން ނިންމައިފިއެވެ.

Ads by WAMCO

އޮސްޓްރޭލިއާގެ ސިއްހީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވޭރިއަންޓްގެ ސަބަބުން، އެޤައުމުގައި ކޮވިޑް-19 ފެތުރުމުގެ ބިރު އޮތުމާއެކު އިންޑިއާއަށް ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަަމަށެވެ. އަދި މިގޮތަށް ނިންމާފައި ވަނީ އިންޑިއާއިން އަންނަ ފަރާތްތައް ކަރަންޓީން ކުރިކަމުގައި ވިޔަސް އެޤައުމުގައި ކޮވިޑް-19 ފައްސިވާ ރޭޓް މަތިވި، ކަރަންޓީން ފެސިލިޓީތަކުގައި ފައްސިވާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެވިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެެވެ.

އަދި މިގޮތުގެ މަތިން އިންޑިއާއިން އޮސްޓްރޭލިއާއަށް ޤަވާއިދާ ޚިލާފަށް އެހެން ޤައުމެއްގައި ޓްރާންސިޓް ވެގެން ނަމަވެސް އައިސްފިނަމަ، އެމީހަކަށް އަދަބެއްގެ ގޮތުން 51،000 ޑޮލަރަށްވުރެ ބޮޑު ނުވާ މިންވަރަކަށް ޖޫރިމަނާ ކުރުމާއި 5 އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ ބާރު އެޤައުމުގެ ކަމާބެހޭ އިދާރާތަކަށް ހެލްތު މިނިސްޓްރީން ވަނީ ދީފައެވެ.

އޮސްޓްރޭލިއާގެ ގާތްގަނޑަކަށް 9،000 މީހުން އިންޑިއާގައި ދިރިއުޅެއެވެ. އިންޑިއާއިން މީހުން އެތެރެވުން މަނާ ކުރުމާއެކު އޮސްޓްރޭލިއާގެ މީހުންނަށް ވެސް އެމީހުންގެ އުފަން ރަށަށް ދަތުރު ނުކުރެވޭނެއެވެ. މިގޮތަށް ނިންމުމާއެކު، އިދިކޮޅުން ސަރުކާރަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކެއް ކިޔާފައެވެ. އަދި މިއީ އަމިއްލަ ޤައުމަށް އެތެރެވެއްޖެނަމަ ޖޫރިމަނާކޮށް ޖަލަށްލާ ފުރަތަަމަ ފަހަރު ކަމުގައި ވެސް އިދިކޮޅުން ބުނަމުންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!