Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްކޫލްތަކުގެ ކިޔެވުން ހަމައެކަނި އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ނިންމައިފި

ސްކޫލްތަކުގެ ކިޔެވުން ހަމައެކަނި އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ނިންމައިފި

ރާއްޖޭގައި އަނެއްކާ ވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި ހިނގާ މެއި މަހުގެ 5 އިން 15 އަށް ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ނިންމި ނިންމެވުމެއް ކަމަށް ވެސް އެޗްއީއޯސީގެ އެ އެންގުމުގައި ވެއެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ އަދަދުތައް އަނެއްކާ ވެސް ވަނީ ރިކޯޑު އަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން މި ބައްޔަށް 508 މީހުން ވަނީ ފައްސި ވެފައެވެ.

Advertisement
Allied — Dhen Online (box)

އެ އަދަދާއެކު މިހާރު ރާއްޖެއިން މުޅިއަކު 30،745 މީހުން ފައްސިވެފައިވެއެވެ. އަދި ބަލިން ފަސޭހަ ވެފައިވަނީ 25،068 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 74 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް