Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކޮށްފި

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކޮށްފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމުން ޒަހާ ވަހީދު ވަކިކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހިންގަވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ކެބިނެޓްގައި އިންނަވާ ޒަހާ ވަހީދު، މިނިސްޓަރު ކަމުން ވަކި ކުރެއްވިކަން އެންގެވީ މިރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ފޯނުން ގުޅުއްވައިގެންނެވެ.

ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަކިކޮށްފައި މިވަނީ، އެ މަގާމުން ދުރުކޮށް ރައީސް އޮފީހުގެ މަގާމެއް އެކަމަނާއަށް ދެއްވަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރިފައި ވަނިކޮށެވެ.

Advertisement
Allied Insurance — Square (box)

ސަރުކާރުގެ ހިންގެވުމަށް ބައެއް ބަދަލު ގެންނަވާނެ ކަމަށް އެންމެ ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވެސް ވިދާޅުވީ ކެބިނެޓަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކޯލިޝަން ޕާޓްނަރުންނާއެކު ރައީސް ޞާލިޙް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކޮށްފައިވީ ނަމަވެސް އެ މަގާމަށް ދެން ގެންނަވާނެ ބޭފުޅެއް، ނުވަތަ އެ މަގާމު ހަވާލު ކުރައްވާނެ ބޭފުޅެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް