Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވި މައްސަލައެއް ބަލަނީ

ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވި މައްސަލައެއް ބަލަނީ

ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ފުލުހުންގެ ބަންދުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ދަންޖެހިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ މީހާ ބަންދު ކުރީ ކޮން ކުށަކާ ގުޅިގެން ކަމެއް އަދި އޭނާ އަމިއްލައަށް މަރުވީ ކީއްވެކަމެއް އަދި ހޯދިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ މި މަރާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، އެ އިދާރާތަކާއެކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރި އެ މީހާ އަމިއްލައަށް މަރުވުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ އެކަމަށް އެޓެންޑް ވެފައި ކަަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ކޮމިޝަން ގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް