ޚަބަރު

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އެއް މަސް ދުވަހަށް އިތުރުކޮށްފިއެވެ.

Ads by MWSC

މިނިސްޓަރ އޮފް ހެލްޓު އަހުމަދު ނަސީމް ސޮއި ކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު، 12 މާރިޗު 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްޙަތުގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ޖޫން މަހުގެ 3 އާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މިއީ މި މުއްދަތު އިތުރުކުރި 14 ވަނަ ފަހަރެވެ.

"ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަަމަށާ އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމައިފީމެވެ." މިނިސްޓަރ ނެރުއްވި ބަޔާނުގައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް، ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރ ނަސީމް ވަނީ މި ގަރާރުގައި އަންގަވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!