Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލެ ސަރަހައްދު ލޮކްޑައުންއަކަށް ދާން ނިންމަނީ

މާލެ ސަރަހައްދު ލޮކްޑައުންއަކަށް ދާން ނިންމަނީ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މިދުވަސްވަރު ނުރައްކާތެރިވަމުން ދާތީ ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދު ލޮކްޑައުން ކުރަން އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި މަޝްވަރާ ކުރަނީ، މާދަމާ ވެސް މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ބަލައިގެންނެވެ.

ކޮވިޑަށް ފައްސިވާ އަދަދުތައް ގިނަވުމާ ގުޅިގެން ރޭގެ ވަގުތެއްގައި އޮފިޝަލުން ބޭއްވި މަޝްވަރާތަކުގައި ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ހިމެނިވަޑައިގަންނަވާ ގޮތުން، އިތުރަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ޕޮލިސީ ލެވެލްގެ މަޝްވަރާތަކެއް ކުރައްވަމުން ގެންދެވި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބައްޔަށް ފައްސިވާ އަދަދުތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 746 މީހުން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް