Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި މާބަނޑުމީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަނީ

ރާއްޖޭގައި މާބަނޑުމީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަނީ

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އިމިއުނިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ.

https://twitter.com/faisalnaifaru/status/1390167239500857351?s=21

Advertisement
HDC — Sidebar (box)

ޑރ.ފައިސަލް މިހެން ވިދާޅުވެފައި ވަނީ އައިޖީއެމްއެޗުގެ ޑައިޓީޝަން އާޝިއާ އަބްދުއްރަހީމް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އާޝިއާ ވިދާޅުވީ މާބަނޑުމީހުންނަށް ވެކްސިން ނުޖެހުމަކީ އިތުރަށް ބިރު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އާޝިއާ ބުނީ އޭނާ އިނީ ބަލިވެ ކަމަށާއި މިހާލަތުގައި ކުޑަ ދެކުދިން ގޮވައިގެން އުޅޭއިރު އެކުދިން ވެސް ބައްޔަށް ހުށަހެޅިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގައި، މާބަނޑު މީހުންނަށް މިހައިތަނަށް ވެކްސިން ދީފައިނުވާއިރު، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ ގަޔަށް ޖެހުމަށް ފައިޒާ ވެކްސިން ގަންނަން ލިބޭތޯ ބަލަމުން އަންނަ ކަމަށް މީގެ ކުރިން މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ރާއްޖެއިން 119،518 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް