ކުޅިވަރު

އޭއެފްސީ ކަޕް ކުޅެން އިންޑިއާ ކުޅުންތެރިން ރާއްޖެ އައިސްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޭއެފްސީ ކަޕްގެ ސައުތު އޭޝިއާ ޒޯނުގެ ޕްލޭ އޮފްގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެއެވެ.

Ads by Sosun Fihaara

ބެންގަލޫރު އެފްސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުމަށް ބެންގަލޫރު އެފްސީން ރައްކާތެރިކަމާއެކު ރާއްޖެ ދަތުރުކޮށްފައިވާ ކަމަށެވެ.

އަދި އެ މުބާރާތުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ވަކިވުމާއެކު ޕްލޭއޮފްގެ އޮޓަމެޓިކް ޖާގައެއް ލިބުނު އީގަލްސް ޓީމު ވަނީ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުމަށް ހޮޓެލް ޖެންގައި ކަރަންޓީން ވެފައެވެ.

އީގަލްސްއާ ބެންގަލޫރު ބައްދަލު ކުރާ މެޗު، އަންނަ އަންގާރަ ދުވަހު ސަޕޯޓަރުންނާ ނުލައި، ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައިއެވެ. ނަމަވެސް މި މެޗު ފަސްކޮށްދިނުމަށް އެދި އެފްއޭއެމްއިން އޭއެފްސީގައި ވަނީ އެދިފައެވެ.

މީގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަސުންދުރާ ކިންގްސް އަދި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނޭ އޭއެފްސީ ކަޕްގެ ސައުތު އޭޝިއާ ޒޯނަށް ކަނޑައަޅާފައިވާ ގްރޫޕް ޑީގެ މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައެވެ. ކޮވިޑްގެ ނުރައްކާތެރި ހާލަތާއި ގުޅިގެން އެފްއޭއެމްއިން ވަނީ މި މެޗުތައް ވެސް ފަސްކޮށްދިނުމަށް އެދިފައެވެ.

Ads by HDC
  1. ޢަނެއްކާ އަނެއްބަލާ މިޖެހުނީ

  2. ޙަސިިން

    ބޮޑުވަރު

  3. ޟަހާރު

    ރަށްޔިތުން މަރަން މައިމޫނާ އުޅެނީ