ޚަބަރު

ގދ. ގައްދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ، ގައްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ގައްދޫގެ ކައުންސިލް މެންބަރު އަބްދުﷲ އާމިރު ދެން އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށެވެ.

އަދި މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިރޭގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް އާމިރު ފާހަގަ ކުރިއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ގިނަވަމުން އަންނަ އިރު، އަތޮޅުތަކުގައި ވެސް މި ބަލި ހަލުވިކަމާއެކު އެބަފެތުރެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ ފަސް ރަށެއްގައި ކާފިއު ވަގުތު ވަނީ އިއުލާން ކޮށްފައެވެ،

Ads by Allied Insurance
  1. ނަން

    ކަރަންޓީނުގަ ނަމެއްގަ ހުރިމީހެއްއެއީ.