ޚަބަރު

ކޮވިޑް-19: ފޮނަދޫން އިތުރު ދެމީހުން ފައްސިވެ، ޖުމްލަ އަދަދު 18 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮނަދޫގެ މަގުތަކުގައި ދެވަނަ ފިޔަވަހީގައި ތާރު އެޅުމަށްވަނީ ނިންމާފަ. -- ދެން އިމޭޖސް/މުޙައްމަދު ސަނީޙް

ލ.ފޮނަދޫން 2 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފޮނަދޫން މިއަދު ފައްސިވެފައި ވަނީ އެރަށުން މީގެ ކުރިން ފައްސިވި ބަޔަކާ ޑައިރެންޓް ކޮންޓެންޓުންގެ ގޮތުގައި ފާހަގަވެފައިވާ 2 މީހެކެވެ. މި ދެ މީހުން ވެސް ކޮވިޑް-19 އަށް ފައްސިވިއިރު ތިބީ ކަރަންޓީނުގައެވެ.

މިއަދު ފޮނަދޫން އިތުރު ދެމީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު، މިހާތަނަށް އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18އަށް އަރާފައެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފޮނަދޫން މިހާތަނަށް ޖުމްލަ 454 ސާމްޕަލް ނަގައިފައިވެއެވެ. އޭގެ ތެރެއިން ނައްސިވެފައި ވަނީ 219 ސާމްޕަލެކެވެ. އަދި 219 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!