ޚަބަރު

އަދުހަމް ފިލާކަށް މަސައްކަތެއް ނުކުރޭ، ސިފަ ބަދަލު ކުރި : ފުލުހުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި އިސް ބައިވެރިއެއް ކަމަށް ތުހުމަތު ކުރެވޭ އަދުހަމް ފިލަން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ސިފަ ބަދަލު ކުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އަދުހަމް ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނު އޭނާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓް ފްލެޓް (95-ޖީ-02) އިންނެވެ. ހަމަލާ ދެވުނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށްވާއިރު އަދުހަމް ގެއަށް ދިޔައީ ވެސް ބުރާސްފަތި ދުވަހުގެ ރޭ ބޭރަށް ދިއުމަށް ފަހު ހުކުރު ދުވަހު ހެނދުނު ކަމަށް މައުލޫމާތު ލިބެެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ އަދުހަމް ފިލަން މަސައްކަތް ނުކުރި ނަމަވެސް ހައްޔަރު ކުރި ވަގުތު ތުނބުޅި ކޮށާ އިސްތަށިގަނޑު ތުނި ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ވަރަށް ތަފްސީލު މައުލޫމާތުތައް މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ. އަދުހަމް ވަނީ ޒިކުރާ މިސްކިތަށް ވަދެ އެ މިސްކިތުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ނިކުމެގެން ގޮސްފައެވެ. އަދި މިހާތަނަށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މުޖާޒުއާ ބައްދަލުކޮށްފައިވެއެވެ.

  1. ކެޔޮޅު

    ފިލަންވެގެން އުޅުނީ.ދެންކީއްވެ ތުނބުޅިި އާއި އިސްތަށިތަށް ތުނިކޮށް ކޮށީ ސިފަބަދަލު ކޮއްގެން އުޅުމެކޭ ފިލައިގެން އުޅުމެކޭ ވާނީ ހަމަހަމަ.

    • ނީިނާ

      ހެކި ނެތިގެން ދޫކުރާނީ..

  2. ނުމޭ

    ނުވިސްނުނު ތިޔަދައްކާ ސީސީ ފޮޓޯތަކުން އޭރު ތުނބުޅި ހުރިކަމެއް ނުވަތަ ނުން ކަމެއްނޭނގެ. ލިއުމުން ދޭހަ މިވަނީ ހައްޔަރު ކުރެވުނީ ތުނބުޅި ކޮށަނިކޮށް ކަމަށް. އެހެންވިއްޔާ ފާހާނާ ތެރެއިން ަެަެަެަެއެސޮރު ގެންދެވުނީ.