ކުޅިވަރު

ޕްރޮޓޮކޯލްއާ ޚިލާފުވި ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނަން: ބެންގަލޫރު އެފްސީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމާ ގުޅިގެން އެ ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭން ނިންމާފައިވާ ކަމަށް އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮވިޑްގެ ތިންވަނަ ރާޅާ އެކު ރެކޯޑް އަދަދަކަށް ރާއްޖޭގައި މީހުން ފައްސި ވަމުން ދިޔަ ނަމަވެސް، އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ސަަރުކާރުން ހާއްސަ ހުއްދައެއް ދިނީ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް ރައްކާތެރި ވާނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމުން ދިނުމުން ކަމަށް ވާއިރު، އޭއެފްސީގެ މުބާރާތްތަކަށް އެ ކުލަބުން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން ޓީމު ކޭމްޕް ކުރުމަށް ފަހު މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ހޮޓަލުން ނުނިކުމެވޭނެ ކަމަށް ވަނީ ހަމަޖެހިފައެވެ.

އެހެން ނަމަވެސް ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން އިއްޔެ ހޮޓަލުން ބޭރުގައި އުޅެނިކޮށް ސޯޝަލް މީޑިއާގައި ވެސް ވެސް ފޮޓޯ ދައުރު ވަމުން ދިއުމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުންތައް ވަނީ އެ ޓީމަށް އަމާޒު ވެގެން ގޮސްފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރް އޮފް ޔޫތް ސްޕޯޓްސް އެންމެ ކޮމިއުނިޓީ އެމްޕަވާމެންޓު، އަހުމަދު މަހުލޫފް ވަނީ، އެމީހުންނަށް ވަގުތުން ވަގުތަށް ރާއްޖެ ދޫކޮށް އަނބުރާ އިންޑިއާއަށް ދިއުމަށް ގޮވައިލައިފައެވެ. އަދި މި ކަޕުގައި އެމީހުންނަށް ކުޅުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ މަހުލޫފް ވަނީި އެފްއޭއެމްއަށް ވެސް އެ މައްސަލަ ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން ބެންގަލޫރު އެފްސީގެ ސީއީއޯ ޖިންދާލް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ކްލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކްލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި އެމީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!