ޚަބަރު

ކަނބާއައިސާރަނިހިނގުމުގައި ދެން ދުއްވޭނީ ދުއްވޭނީ އެއްކޮޅަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހިރިޔާ ސުކޫލާއި ތާޖުއްދީން ސުކޫލް ހުންނަ ކަނބާއައިސާރަނި ހިނގުމުގައި ދެކޮޅަށް ދުއްވޭ ގޮތަށް އޮތް ބައި އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ކޮށްފިއެވެ.

Ads by Sosun Fihaara

ޓްރެފިލް ޕޮލިހުން ކުރި ޓްވީޓެއްގައި ބުނީ މިހާރު އެ މަގުގައި ދުއްވޭނީ މަގުގެ އުތުރުން ދެކުނަށް އެކަނި ކަމަށެވެ. ކުރިން ވެސް މި މަގުގެ އުތުރު ފަރާތުގައި ވެހިކަލް ދުއްވަނީ، އުތުރުން ދެކުނަށެވެ. އެހެންވެ މިހާރު އެ މަގަށް ވަދެވޭނީ މަޖީދީމަގާވީ ކޮޅުންނެވެ.

މީގެ އިތުރުން ޓްރެފިކް ފުލުހުން ބުނީ އެ މަގުގައި ޕާކް ކުރާ ގޮތަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކަނބާއައިސާރަނި ހިނގުމުގެ ދެކުނަށް އޮންނަ ބައިން ވަކި ހިސާބެއް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ 2017 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން މާލޭގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މި ސަރުކާރުން ފަށާފައިވާ "މާލެ ސިޓީ ސްޓްރީޓްސް ކޭޕިން ޕްރޮޖެކްޓު"ގެ ދަށުން، މި މަގުގެ އުތުރު ފަރާތް ދާދި ފަހުން ވަނީ ތަރައްގީކޮށް އަލުން ހުޅުވާލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!