Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިޔާނާ ސައީދު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދިޔާނާ ސައީދު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ކުރީގެ ބަންޑާރަ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19އަށް ފައްސި ވެފައިވާކަން ހާމަ ކުރައްވަމުން ދިޔާނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ބަލިން ރައްކާތެރިވުމަށް އަންގައިފައިވާ ހުރިހާ ގޮތަކަށް އުޅުއްވި ކަމަށެވެ.

"ބޭރަށް ނުކުތީ ވަރަށް މަދު ފަހަރަކު، ޑަބަލްކޮށް މާސްކު އެޅިން، ޤަވާއިދުން އަތް ސެނިޓައިޒްކޮށް ދޮވުނިން ، ގޭތެރޭގައި ހުރިން، އެވަރުން ވެސް މި ވައިރަސް ޖެހިއްޖެ" ދިޔާނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

https://twitter.com/dhiyanasaid/status/1391802792453414913?s=20

އެކަމަނާގެ އިތުރުން ދަރިކަލުންނާއި ކޮއްކޯފުޅު ވެސް ކޮވިޑް-19 އަށް ފައްސި ވެފައިކަން ދިޔާނާ ވަނީ ހާމަ ކުރައްވާފައެވެ. އަދި އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވައި ދިނުމަށް ވެސް އެދިލައްވައިފައިވެއެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މިއަދު ރާއްޖެއިން 1204 މީހުން މި ބައްޔަށް ރާއްޖެއިން ފައްސިވެފައިވެއެވެ. އޭގެތެރެއިން 931 މީހުން ފައްސި ވެފައިވަނީ މާލެ ސަރަޙައްދުންނެވެ. މިއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ދުވަހެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް