Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ތިނަދޫއާއި ނިލަންދޫގައި ކާފިއު އިއުލާނު ކޮށްފި

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން ތިނަދޫއާއި ނިލަންދޫގައި ކާފިއު އިއުލާނު ކޮށްފި
ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ގދ. ތިނަދޫއާއި ފ. ނިލަންދޫގައި ކާފިއު އިއުލާނު ކޮށްފިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ ތިނަދޫއާއި ފ.ނިލަންދޫ ގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގަވާ ކަމަށެވެ.
  1. ރޭގަނޑު  9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  2. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  3. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  4. އެއްފަހަރާ 3(ތިނެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  6. ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  7. ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  8. ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
  9. ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުއްޓައިލުން.
  10. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން 662 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް