Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހޯރަފުށީ އެއާޕޯޓަށް ހުރަހެއް ނެތި ރާޅު އަރަނީ، ޝެޑިއުލް ދަތުރުތައް މެދުކަނޑައިލެވިފައި

ހޯރަފުށީ އެއާޕޯޓަށް ހުރަހެއް ނެތި ރާޅު އަރަނީ، ޝެޑިއުލް ދަތުރުތައް މެދުކަނޑައިލެވިފައި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އެންމެ ބޮޑު ގެއްލުންތަކެއް ލިބެމުންދާ ރަށަކީ ހއ.ހޯރަފުއްޓެވެ. ފަރުމަތިން ބިންދާލާ ބިޔަ ރާޅުތައް އެއްވެސް ހުރަހެއް ނެތި ރަށު ތެރެއަށް އަރައި އެރަށުގެ ބައެއް ގެތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެސް ވެފައެވެ. އަދި އެރަށު އެއާޕޯޓަށް ވެސް އުދަ އަރައި މުޅި އެއާޕޯޓުގެ ރަންވޭގައި ވެސް ވަނީ ގަލާއެކު ފެންބޮޑުވެފައެވެ.

މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ އެ ރަށު އެއާޕޯޓަށް މިހާރު ވެސް ހުރަހެއް ނެތި އުދަ އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގަލާއެކު މުޅި އެއާޕޯޓުގެ ރަންވޭ އަދި ހައިވޭއަށް ވެސް ރާޅު އަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ހައްލު ކުރުމަށް ޓަކައި މިހާރު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ،

<img class="alignnone size-large wp-image-88092" src="https://cdn.dhen.mv/wp-content/uploads/2021/05/photo6120700006416625032-1024x766.jpg" alt="" width="690" height="516" />

Advertisement
Ooredoo — Square (box)

މީގެ އިތުރުން، އެއާޕޯޓަށް އުދަ އެރުމުގެ ސަބަބުން މިހާރު އެރަށަށް ޝެޑިއުލް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލެވިފައިވާ ކަމަށް ވެސް މުހައްމަދު ވަހީދު ވިދާޅުވިއެވެ. އަދި މިހާރު ވެސް އެރަށަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުންދާ ކަަމަށާއި ވިއްސާރައިގައި ދެ ގެއެއްގެ ފުރާޅު ވެސް އެއްލައިލައިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އެކަމަށް ވަނީ ހައްލެއް ހޯދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެރަށުގެ ތާރީހުގައި ވެސް މިހާ ބޮޑަށް އުދައެރި ފަހަރު ކަމުގައި އެރަށުން "ދެން"އާ ވާހަކަ ދެއްކި މީހަކު ފާހަގަ ކުރިއެވެ. އަދި އެރަށުގައި ހިލަ ނުޖަހައި އޮތް ސަރަހައްދުން އަންނަ ރާޅާއެކު ގާތަށް ވެސް އެއާޕޯޓްގެ ރަންވޭ އާއި ކޯޒްވޭއަށް ދަނީ އަރަމުންނެވެ. އެތަނުގައި މިއަދު ހަވީރު ވެސް ފޫޓެއްހާ އުހަށް ފެންބޮޑުވެފައި ހުރި އިރު ރަންވޭގެ ގިނަ ލައިޓްތަކާއި ޓާމިނަލްގެ ބިއްލޫރި ދޮރު ވެސް އޮތީ ވެއްޓިފައެވެ.

<img class="alignnone size-large wp-image-88094" src="https://cdn.dhen.mv/wp-content/uploads/2021/05/photo6120700006416625034-1024x766.jpg" alt="" width="690" height="516" />

ރާއްޖޭގެ އުތުރާއި ދެކުނު އަތޮޅުތަކަށް މިއަދު ވަރަށް ވިއްސާރައެވެ. މޫސުން ގޯހެވެ. ގިނަ އަތޮޅުތަކަށް އޮރެންޖު އެލާޓް ނެރެފައިވާއިރު އުތުރުގެ ރަށްތަކަށް ނެރެފައިވާ އެލާޓް ވަނީ ތިންވަނަ ފަހަރަށް ދިގު ދަންމައިލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް