ޚަބަރު

ހަމަލާގެ މައުލޫމާތު ލިބި ފިޔަވަޅު ނޭޅުމަކީ މާރިޔާގެ އިހުމާލު، އިސްތިއުފާ ދެއްވާ: އުމަރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު ކުރިން ލިބިވަޑައިގެން ހުންނަވާ، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނާޅުއްވައި ހުންނެވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާ މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުމަރު މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިފައިވާތީ އެ މައުލޫމާތު އެމަނިކުފާނަށާއި ޑިފެންސް މިނިސްޓަރަށް ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާ ގުޅިގެންނެވެ.

އިލްޔާސް ދައްކަވާފައިވާ ވާހަކަފުޅަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ މިނިސްޓަރު މާރިޔާއަށް މައުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވައި އޮއްވާ ރައީސް ނަޝީދަށް ހަމަލާއެއް ދެވުނު ކަމީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށެވެ.

"ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މައުލޫމާތު މަޖްލިސްގެ މެންބަރަކު މިނިސްޓަރު މާރިޔާއަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރު މާރިޔާގެ ގާނޫނީ ޒިންމާއެއް. އިސްތިއުފާ ދެއްވާ،" ފޭސްބުކް މެދުވެރިކުރައްވާ އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އިލްޔާސް ލަބީބް މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާ ގުޅިގެން އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު އޮފް ޑިފެންސް އާ ގުޅައި ރައީސް ނަޝީދުގެ އިރުޝާދާއެކު އެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް އަރުވަނީ ކަމަށް ދަންނަވައި ލިބިފައި ހުރި މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ނިޒާރު

    ޢުމަރުގެ ވަޒީރުކަމުގަ ޔާމީން މަރާލަން ލޯންޗު ގޮށްވައިލީދޯ! ވަރަށްރީއްޗެއްނު އެހެންމީހުންނަށް އިސްތިއުފާދޭން ގޮވާން.

  2. ރައްޔިތުން

    ވަގުތުން އިސްތިއުފާ ދެއްވާ އަދި އިސްތިއުފާ ނުދިނަސް ރައީސޫ މާރިޔާ މަޤާމުން ވަކި ކުރޭ- ރައީސް ނަޝީދުގެ ހަމަލާދޭން އެގިހުރެ އެކަމަށް އިހުމާލުވި. ވީމާ އަދި ބުރަ މަސައްކަތާއެކު ޖަލުގައި ބަހައްޓަންޖެހޭނެ.