Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މި ހަފްތާގައި ބީއެމްއެލްގެ ޚިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

މި ހަފްތާގައި ބީއެމްއެލްގެ ޚިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވައިގެން މި ހަފްތާގައި ޚިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ.

ބީއެމްއެލް އިން ބުނީ، ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން މި ހަފުތާގައި ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00އަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

ބޭންކުގެ ޚިދުމަތްތަށް ދޭން ހަމަޖެހިފައިވާ ވަގުތުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރާނެއެވެ.

ބޭންކިންގެ ޚިދުމަތްތަށް މާލެއިން ލިބިގަތުމަށްޓަކައި ކިއުބީއެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހެއެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް ބީއެމްއެލް އިން އެދިފައިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް