Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހޯމް ކަރަންޓީނާ ޚިލާފަށް ބޭރަށް ނުކުމެ ކައިވެނި ކުރި ދެމީހުން ޖޫރިމަނާ ކޮށްފި

ހޯމް ކަރަންޓީނާ ޚިލާފަށް ބޭރަށް ނުކުމެ ކައިވެނި ކުރި ދެމީހުން ޖޫރިމަނާ ކޮށްފި

ހޯމް ކަރަންޓީނުގެ އުސޫލްތަކާ ޚިލާފަށް ބޭރަށް ނުކުމެ ކައިވެނި ކުރި ދެމީހަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގއ.ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކަރަންޓީނު އުސޫލާ ޚިލާފަށް މިމަހު 11ވަނަ ދުވަހު ކޯޓަށް ގޮސް ކައިވެނި ކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ދެމީހުން ވެސް ކޮންމެ މީހަކު 10000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ކައިވެނި ކުރި ދެ މީހުންނަކީ މާލެއިން ވިލިނގިއްޔަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19އަަށް ފައްސިވުމާއެކު މިއަދު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް