ޚަބަރު

ލ. މާމެންދޫން މާބަނޑު މީހެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ. މާމެންދޫން މާބަނޑު މީހެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

“ދެން” އަށް މައުލޫމާތުދެމުން މާމެންދޫ ޞިއްޙީ މަރުކަޒާ ހަވާލުވެނހުންނެވި މިސްބާހް އަބޫބަކުރު ވިދާޅުވީ އެ ރަށުން މާބަނޑު އަންހެނަކު ފައްސިވެފައިވާކަމަށެވެ.

އޭނާ ފައްސިކަން އެނގުނީ ގަމު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުމުންނެވެ. އޭނާއާ ގާތުން ބައްދަލުވި މީހުން ދެނެގަތުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މާބަނޑު އަންހެނަކު ފައްސިވެފައިވާކަން މާމެންދޫ ކައުންސިލުން ވެސް ވަނީ މައުލޫމާތު ދެއްވައިފައެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ގޯސްވެފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ޖުމްލަ 50 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ. ރާއްޖޭގައި 50 އަށް ވުރެ ގިނަ މާބަނޑުމީހުން ކޮވިޑަށް ފައްސިވެފައި އެބަތިއްބެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!