ލުއި ޚަބަރު

ތުއްތު ދަރިފުޅުގެ އަނގައިގައި "ލޯވަޅެއް"ހުރި ކަމަށް ހީކޮށް އަވަހަށް ހޮސްޕިޓަލަށް ދިޔުމުން ދިނީ ހީނުކުރާފަދަ ޖަވާބެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މައިންނަކީ އަބަދުވެސް ވަރަށް ފަސޭހައިން ކަންކަމާ ހާސްވާ ބައެކެވެ. ދަރިއަކަށް އެއްވެސް ދެރައެއް ނުވަތަ ގެއްލުމެއް ލިބޭކަށް އެއްވެސް މަޔަކު ބޭނުމެއް ނުވާނެއެވެ. ދަރިއަކަށް ކުޑަ ކަމެއް ދިމާވިޔަސް މައިން ވަރަށް އަވަހަށް އަދި ވަރަށް ބޮޑަށް ހާސްވާނެއެވެ.

Ads by STELCO

އެފަދަ ހާސްކަމެއްގެ ތެރެއަށް، އިނގިރޭސިވިލާތަށް އުފަން ބެކީ ސްޓައިލްސް (24އ.) ވެސް ވެއްޓުނެވެ. އެއްދުވަހަކު އޭނާގެ ދިހަ މަހުގެ ދަރިފުޅު ހާވީގެ ނެޕީ ބަދަލު ކުރަނިކޮށް ބެކީއަށް ފެނުނީ ހާވީގެ އަނގައިގެ މަތީ ތަލީގައި ބޮޑު ލޯވަޅެއް ހުއްޓައެވެ.

ދަރިފުޅުގެ އަނގައިގައި ބޮޑު ލޯވަޅެއް ހުރި ތަން ފެނުމުން ބެކީ ވަރަށް ބޮޑަށް ހާސްވިއެވެ. އަދި ލަހެއްފަހެއް ނުކޮށް އަވަހަށް ހާވީ ގޮވައިގެން ކޮލްޗެސްޓާ ހޮސްޕިޓަލަށް ދިޔައެވެ.

ނަމަވެސް ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަމައަށް ދެވުމުގެ ކުރިން މެޑިކްއެއް ކުޑަކުޑަ ހާވީގެ އަނގައިގެ އެތެރެއަށް ޓޯޗުން އަލިކޮށްފައި، ވެގެން އުޅޭގޮތް ބެލިއެވެ. އަދި އަނގައިގައި އުފެދިފައި ވަނީ ލޯވަޅެއް ނޫން ކަމަށާއި، އެއީ ސްޓިކާއެއް ކަމަށް ވެސް ބުންޏެވެ.

ބެކީއަށް އެވާހަކަ ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. އެހެންކަމުން މެޑިކް، ހާވީގެ އަނގައިން އެ ސްޓިކާކޮޅު ނައްޓައިފައި ބެކީއަށް ދެއްކިއެވެ.

ތިން ދަރިންގެ މަންމައެއް ކަމުގައިވާ ބެކީ ވަރަށް ލަދުގަތެވެ. އަދި އަނގައިން ސްޓިކާ ނެއްޓުމުގެ ކުރިން ނަގައިފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރަމުން ބެކީ ބުނީ، ސްޓިކާފަދަ ތަކެތި ކުޑަ ދަރިންގެ އަތްފޯރާ ފަށުގައި ނުބެހެއްޓުމަށް ނަސޭޙަތްތެރިވާ ކަަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!