ޚަބަރު

އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރެވޭ: ޝައުނާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޓަނެޓްގެ އަގުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލު ކުރެވޭ ކަމަށާއި އެ އަގުތައް ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައެވެ. ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ މުވާސަލާތީ ޖަމިއްޔާ އައިޓީޔޫ އިން މި އަހަރު ކަނޑައަޅާފައި ވަނީ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޯމޭޝަން އިން ޗެލެންޖިން ޓައިމް" އެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ މިފަދަ ހާލަތެއްގައި ވެސް މުޖުތަމައުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ވަސީލަތްތައް އަދާކުރާ މުހިއްމު ދައުރު ހާމަވެގެން ހިނގައްޖެ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ވަނީ އައިސީޓީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަ ކުރައްވައިފައެވެ. އެގޮތުން ރަށު ފެންވަރުގައި ހިދުމަތް ދިނުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ފައިބާ ނެޓްވޯކުން ގުޅާލެވޭ ރަށްތައް އިތުރުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް މިހާރު ލިބެމުންދާ ކަމަށާއި ރާއްޖެއަށް 4ޖީ އާއި 5ޖީ ޓެކްނޮލޮޖީގެ ހިދުމަތް ތައާރަފް ކުރެވިފައިވާ ކަމަށެވެ.

Ads by Ooredoo
  1. ކޮރަި

    ބަގުވާސް ތިއަގަކަށް ބަދަލުނުގެނެވޭނެ ތިމީހުންނަކަށް