Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: އައިސީޔޫގައި 15 މީހުން، 10 މީހުން ވެންޓިލޭޓަރުގައި

ކޮވިޑް-19: އައިސީޔޫގައި 15 މީހުން، 10 މީހުން ވެންޓިލޭޓަރުގައި

ކޮވިޑް-19 އަށް ފައްސިވެ، ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 15 މީހުން އޮތީ އައިސީޔޫގައި ކަމަށާއި އޭގެ ތެރެއިން 10 މީހުން އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު 10 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ ، ޑީއެޗް 11 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެޗްޕީއޭގެ ފަރާތުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ފައްސިވީ 268 މީހަކަށް މިވަގުތު އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

އޭގެ ތެރެއިން 191 މީހަކު އެޑްމިޓް ކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. ޑީއެޗް 11ގައި ހަ މީހަކަށް، ޑީއެޗް 17ގައި 8 މީހަކަށް އަދި ޑީއެޗް 16 ގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތު ދެއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް