Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ފްރީ ފަލަސްތީނު" ހަރަކާތަށް ރައީސްގެ ހިތްވަރު: ރާއްޖެ އޮތީ ފަލަސްތީނާއެކު

"ފްރީ ފަލަސްތީނު" ހަރަކާތަށް ރައީސްގެ ހިތްވަރު: ރާއްޖެ އޮތީ ފަލަސްތީނާއެކު

ރާއްޖެ އޮތީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެ، މިއަދު މާލޭގައި ކުރިއަށްގެންދާ "ފްރީ ފަލަސްތީނު" ހަރަކާތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިތްވަރު ދެއްވައިފިއެވެ.

މި ހަރަކާތަކީ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އުޚުވަތްތެރި ރައްޔިތުންނާ އެކުކަން ހާމަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި މަގުތަކަށް ނުކުތުމަށް ވަނީ ހަމަޖެހިފައެވެ.

"ފްރީ ފަލަސްތީނު" ހަރަކާތް ފެށެން ކައިރިވެފައި ވަނިކޮށް ރައީސް ޞާލިޙް ވަނީ ފަލަސްތީނުގެ ދިދައެއްގެ ފޮޓޯ ޓްވީޓް ކުރައްވާފައެވެ.

Advertisement
Allied Insurance — Square (box)

"ރާއްޖެ އޮތީ ފަލަސްތީނާއެކު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1394606500673331201?s=20

ދިވެހި ރާއްޖެއިން މީގެ ކުރިން ވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް، ފަަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފައެވެ.އެގޮތުން އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ޞާލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާ، އިޒްރޭލުގެ މައްސަލައިގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް