Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ގަންބަނެ ބުދާ" އޭ ކިޔުމުން ވިލިނގިލީ ކައުންސިލް ރަތަށް!

"ގަންބަނެ ބުދާ" އޭ ކިޔުމުން ވިލިނގިލީ ކައުންސިލް ރަތަށް!

ޓެލެވިޛަން މޯލްޑިވްސް (ޓީވީއެމް) އިން ގެނެސްދިން ޕްރޮގްރާމެއްގައި ގއ. ވިލިނގިލީ މީހުން ކިޔާ އެއްޗެއް ކަމަށް ނިސްބަތްކޮށް "ގަންބަނެ ބުދާ" ކިޔުމުން އެރަށުގެ ކައުންސިލުން ނުރުހުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.

ވިލިނގިލީ ކައުންސިލުގެ ހަތް މެމްބަރުން ސޮއިކޮށް ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓީވީއެމްއިން އެ ރަށުގެ ރައްޔިތުންނަށް ނިސްބަތްކޮށް "ފުރައްސާރަ" ކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ޓީވީއެމްއިން ގެނެސްދިން އެ ޕްރޮގްރާމުގައި ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މީހުން "ގަންބަނެ ބުދާ" ކިޔަނީ ކޯއްޗަކަށްތޯ ސުވާލުކޮށްފައިވާ ކަމަށާއި ޖަވާބުގައި އެއީ "ދާނި" ކަމަށް ބުނުމުން ޖަވާބު ރަނގަޅު ކަމަށް ޕްރެޒެންޓަރު ބުނެފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

"ގަންބަނެ ބުދާ" މި ބަހަކީ ވިލިނގިލީ މީހުން އެއްވެސް ގޮތަކަށް، އެއްވެސް ދުވަސްވަރެއްގައި ވެސް ބޭނުން ކުރި ބަހަކަށް ނުވެފައި އެއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ދައުލަތު މީޑިއާއިން އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި އެ ސުވާލު ކުރުމަކީ ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަ ކުރުން. މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" ބަޔާނުގައި ބުނެފައިވެއެވެ.

ގަންބަނެ ބުދާ އޭ ކިޔާ ވިޑިއޯކޮޅު މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން ދާތީ އެރަށުގެ ރައްޔިތުންނާއި ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް ނަފްސާނީ ގޮތުން އެތައް ބަޔަކަށް ގެއްލުން ލިބެމުން ދާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެހުރިހާ ކަމަކަށް ޓީވީއެމުން މާފަށް އެދުމަށް ވެސް ވިލިނގިލީ ކައުންސިލުން ވަނީ ގޮވައިލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް