ޚަބަރު

މާލެ ފުރަބަންދު ކުރާކަށް އަދި ނުނިންމަން: މަބްރޫކް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި މަހުގެ 25 ވާ އަންގާރަ ދުވަހު މުޅި މާލެސިޓީ ފުރަބަންދު ކުރަން ނިންމައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ދޮގު ކުރައްވައިފިއެވެ.

Ads by Sosun Fihaara

"ދެން"އާ ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލެސިޓީ ފުރަބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ހުށަހަޅައިފައި ނުވާ ކަމަށާއި، ފުރަބަންދު ކުރަން ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަދި ފުރަބަންދު ކުރަން ނުނިންމާ ކަމަށެވެ.

މަބްރޫކް ވަނީ ފުރަބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ޓުވީޓު ވެސް ކުރައްވައިފައެވެ. އެެގޮތުން އޮންލައިން ނޫހެއްގައި އަންގާރަ ދުވަހު މާލެސިޓީ ފުރަބަންދުވާ ކަމަށް ބުނެ ނެރެފައިވާ ނޫހުގެ ފޮޓޯގަނޑެއް ހިއްސާ ކުރަމުން މަބްރޫކް ވިދާޅުވެފައި ވަނީ އެ ފަދަ ނިންމުމެއް އަދި ނިންމައިފައި ނުވާ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް މުޅި ރާއްޖެއިން 2،000 އަށް ވުރެ ގިނަ މީިހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 120 މީހަކު ރާއްޖެއިން މި ބަލީގައި ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!