Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ހަނގުރާމަ ހުއްޓައިލި ފަހުން ސައުދީގެ ރަސްގެފާނު އިސްރާއީލް ކުށްވެރިކޮށްފި

ހަނގުރާމަ ހުއްޓައިލި ފަހުން ސައުދީގެ ރަސްގެފާނު އިސްރާއީލް ކުށްވެރިކޮށްފި

އިސްރާއީލުން ފަލަސްތީނަށް 11 ދުވަހުގެ މުއްދަތަށް ދިން އަނިޔާވެރި ހަމަލާތައް ނިމުނުފަހުން، އިސްރާއީލްގެ އަމަލުތައް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުއް އަޒީޒް ކުށްވެރި ކުރައްވައިފިއެވެ.

ސަޢުދީ އަރަބިއްޔާގެ ފޮރިންގް މިނިސްޓްރީން އިސްރާއީލުގެ ހަމަލާތައް މީގެ ކުރިން ކުށްވެރި ކުރި ނަމަވެސް، ސައުދީގެ ރަސްގެފާނުގެ މިކަން ކުށްވެރި ނުކުރައްވާތީ އިސްލާމީ ގިނަ ގައުމުތަކުން ވަނީ ސައުދީއަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޯނުން ގުޅުއްވާ ސައުދީގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި ޤުދުސް އަދި ޣައްޒާގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެސަރަހައްދުގެ ހަމަޖެހުމަށް ސައުދީން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީން ވަނީ ދެއްވައިފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އިސްރާއީލުގެ ސަރުކާރުން ހިންގަމުން އަންނަ އުދުވާންތައް ހުއްޓުވުމަށް ކުރިޔަށް އޮތްތާންގައި ވެސް ޕްރެޝަރ ކުރުމަށް، އިތުރު ޤައުމުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ސަޢުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިވަމުން އަންނަކަން ބޭރުގެ މީޑިއާތަކުން ފާހަގަ ކުރެއެވެ. މިގޮތުން ސައުދީގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންއާ އިސްރާއީލުގެ އިސްވެރިންނާ ދެމެދު ގާތް ގުޅުންތަކެއް އޮންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި ސައުދީގައި އިސްރާއީލުގެ އިސް ފަރާތްތަކާއެކު ސިއްރު ބައްދަލުވުންތައް ބާއްވާ ވެސް ތުހުމަތު ކުރެއެވެ.

ސައުދީން މިއަދު ވަނީ އިސްރާއީލާއި ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ހަމާސް ޖަމާއަތުން ހަނގުރާމަ ހުއްޓައިލުމަށް ނިންމާފައި ވާތީ އެކަމަށް ވެސް މަރުޙަބާ ކިޔާފައެވެ. މިޞްރު އިސްވެ އޮވެ، ހަނގުރާމަ ހުއްޓައިލުމަށް ވެވުނު މިއެއްބަސްވުމުގެ ދަަށުން އިސްރާއީލުންނާއި ހަމާސްއިން ވަނީ ހަނގުރާމަ ހުއްޓައިލާ ސުލްހައަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް