Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޭރުން 100 ނަރުހުން ހޯދަން އިއުލާނުކޮށްފި

ބޭރުން 100 ނަރުހުން ހޯދަން އިއުލާނުކޮށްފި

ރާއްޖޭގައި މަސައްކަތް ކުރުމަށް އިންޑޮނޭޝިޔާއާއި ފިލިޕީންސްއިން 100 ނަރުހުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި އެ މިނިސްޓްރީން ވިދާޅުވީ ފިލިޕިންސް އަދި އިންޑޮނޭޝިއާ އިން ރަޖިސްޓަޑް 100 ނަރުހުން ބޭނުންވާކަމަށެވެ. އަދި މި ނަރުހުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 19،500 ރުފިޔާ ލިބޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ބޭރު ގައުމުތަކުން ހޯދަން އިއުލާނު ކޮށްފައިވާ ނަރުހުންގެ ޝަރުތުގެ ގޮތުގައި ވަނީ ބެޗްލާސް އޮފް ސައިންސް އިން ނާސިންގް ހާސިލު ކޮށްފައިވުމާ އެކު ދެ އަހަރު ދުވަހުގެ ތަޖުރިބާއެވެ. ނުވަތަ ނާސިންގް އިން ޑިޕްލޮމާ ހާސިލްކޮށް، ދެ އަހަރު ދުވަހުގެ ތަޖުރިބާއެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ މިދަނޑިވަޅުގައި ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންނަށް ނުކަތާވަރަށް މީހުން ދަނީ ކޮވިޑަށް ފައްސި ވަމުންނެވެ. އަދި ފެސިލިޓީތަކާ ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް މީގެ ކުރިން ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް