Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެޗްއީއޯސީގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހޯދަނީ

އެޗްއީއޯސީގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހޯދަނީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކޮމަޑޭޝަން ދިނުމަށް ހުށަހަޅާ ހޮޓާ/ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ގިނަ އަދަދެއްގެ ކޮޓަރި ހުށަހަޅާ ފަރާތަށް ކަމަށެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަމަޖައްސައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 23 މެއި ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރުމަށްފަހު، ރެޖިސްޓްރީވާން ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement
Allied Insurance — Square (box)

އެ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ ޖޫން މަހުގެ ދެވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ ގެސްޓްހައުސް/ހޮޓާތަކުން އަންދާސީ ހިސާބު ހުށަހަޅާއިރު، އެތަނަކުން ދޫކުރެވޭނެ ކޮޓަރީގެ އަދަދު، ޑަބަލް ރޫމްގެ ތަފްސީލު އެނގޭނެހެން ހުށަހަޅަން ވާނެ ކަމަށެވެ.

މިނިސްޓްރީގެ ފަރާތުން ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓުތައް:

▪︎ ސިންގަލް ރޫމް (ލޯންޑްރީ އާއެކު) 700 ރުފިޔާ
▪︎ ރޫމް އޮންލީ 500 ރުފިޔާ
▪︎ ފުލްބޯރޑް 850 ރުފިޔާ
▪︎ ފުލްބޯރޑް ޝެއަރިން 1،000 ރުފިޔާ
▪︎ ޑަބަލް ރޫމް(ލޯންޑްރީ އާއެކު) 800 ރުފިޔާ

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކޮމަޑޭޝަން ހަަމަޖައްސައިދޭ ފަރާތްތަކުން، ދުވާލަކު ކޮޓަރި އަކަށް 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދޭން ވާނެ ކަމަށް މިނިސްޓްރީގެ މައުލޫމާތު ކަރުދާހުގައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް