Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިއްޙަތު

ފައިޒާއާއި އަސްޓްރާޒެނެކާ ވެކްސިން، އިންޑިއާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ދައްކައިފި

ފައިޒާއާއި އަސްޓްރާޒެނެކާ ވެކްސިން، އިންޑިއާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމަށް ދައްކައިފި

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ތެރެއިން ފައިޒާއާއި އަސްޓްރާޒެނެކާ ވެކްސިން، އިންްޑިއާއިން އުފެދިފައިވާ އައު ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބީބީސީގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އިންޑިއާ ވޭރިއަންޓާއި ދެކޮޅަށް ފައިޒާ އަދި އަސްޓްރާޒެނެކާ ވެކްސިން މަސައްކަތް ކުރާ ކަމަށް ދައްކާފައި ވަނީ އިނގިރޭސިވިލާތުން ހެދި ދިރާސާއަކުން ކަމަށެވެ.

އެގޮތުން ފައިޒާ ވެކްސިންގެ ނުވަތަ އަސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން، އިންޑިއާއިން އުފެދިފައިވާ ކޮވިޑްގެ އައު ވޭރިއަންޓުން ފަސޭހަވުމުގެ 33 އިންސައްތަ އޮންނަކަމަށް ހާމަވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

Advertisement
HDC — Sidebar (box)

އިނގިރޭސިވިލާތުން މި ދިރާސާތައް ކުރި ފަރާތްތަކުން ބުނީ، ފައިޒާ ނުވަތަ އަސްޓްރާޒެނެކާގެ ވިޔަސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިނަމަ، ހޮސްޕިޓަލުތަކުގައި އެޑްމިޓު ކުރާ މީހުންނާއި މި ބަލީގައި މަރުވެގެންދާ މީހުންގެ އަދަދު ވެސް މަދުވާނެކަމަށް ބެލެވޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް