Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވައިލައިފި

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާއްމުކޮށް ޝަކުވާއަށް ހުޅުވައިލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން 11 ފެބްރުއަރީގައި އިއުލާން ކުރެއްވި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނަށް ހުށައެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 417 ދަރިވަރަކަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ސުކީމަށް 1،176 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މިނިސްޓަރ ވިދާޅުވީ ނަތީޖާއާ ދޭތެރޭ އެއްވެސް ޝަކުވާއެއް ވާނަމަ ހަފްތާއެއްގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅަން ވާނެ ކަމަށެވެ. ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހެއްކަމަށް މިނިސްޓަރ ބުނެފައި ވަނީ ޖޫން 01 ވަނަ ދުވަހެވެ.

އެ ޝަކުވާތަކަށް ބެލުމަށް ފަހު ޖޫން 10 ވަނަ ދުވަހު ފައިނަލް ލިސްޓު އާންމު ކުރާނެ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. މީގެ އިތުރުން ލޯނު ސްކީމުގައި ބައެއް ދާއިރާތަކުން ކުރިމަތިލީ އަދަދު ދަށްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެކައުންޓިން، އިންޖިނިއަރިން އަދި ސޯޝަލް ސައިންސްގެ ދާއިރާތަކުން ގިނަ ޖާގަތަކެއް ހާއްސަ ކުރި ނަމަވެސް ތަރުހީބު ކުޑަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް