Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކުރިއަށް ދާނީ އޮންލައިންކޮށް

މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކުރިއަށް ދާނީ އޮންލައިންކޮށް

މާދަމައިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު މިކަން އަންގަވަމުން ވިދާޅުވީ މާދަމައިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެ ކަމަށް ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ދަނީ ކުރަމުން ކަމަށެވެ.

" މިގޮތަށް ނިންމެވީ ކޮވިޑް-19 ގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދަން." ޒިޔާއު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ފަހަކަށް އައިސް ކޮވިޑަށް ފައްސި ވާ މީހުންގެ އަދަދުތައް ވެސް ކޮންމެ ދުވަހަކު ހުންނަނީ 1000 އިން މަތީގައެވެ.

މިހާތަނަށް ކޮވިޑް ޖެހިފައިވާ 55،924 މީހުން ރާއްޖެއިން ފެނިފައިވާ އިރު ބަލީގައި 136 މީހަކު ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް