ޚަބަރު

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް އިއުލާންކުރުން މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޓަނެޓުގެ އަގު ހެޔޮކޮށް، އައު އަގުތައް އިއުލާން ކުރުން މާދަމާއަށް ފަސްކޮށްފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި، އިންޓަނެޓް އަގުހެޔޮ ކުރުމާ ގުޅޭގޮތުން މިއަދު ބާއްވަން ހަމަޖެއްސި ރަސްމިއްޔާތު މިހާރު ވަނީ މާދަމާ ހެނދުނު ރައީސް އޮފީހުގައި ބާއްވާ ގޮތަށް ނިންމާފައެވެ.

ނަމަވެސް މާދަމާއަށް މި ރަސްމިއްޔާތު ފަސްކުރެވުނު ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދެވެ.

އެނގިފައިވާ ގޮތުގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމާއެކު، އެވްރޭޖްކޮށް ޖީބީއެއްގެ އަގު 5 ރުފިޔާއަށް ވެއްޓިގެން ދާނެއެވެ. އެއީ މިހާރު އިންޓަނެޓް ލިބެމުން ދާ އަގުގެ 20 އިންސައްތަ ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ.އަށް 30 ޖީބީ ލިބޭނެއެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސްއެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެއެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސްއެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!