Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު މިނިސްޓަރ ފައްޔާޒް އާއްމު ކުރައްވައިފި

އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު މިނިސްޓަރ ފައްޔާޒް އާއްމު ކުރައްވައިފި

ސަރުކާރުން މިދިޔަ އަހަރުން ފެށިގެން ދެމުން އައި އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ ޒާތީ މަޢުލޫމާތުތައް، މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާޢީލް އާއްމު ކުރައްވައިފިއެވެ.

ފައްޔާޒު އާއްމު ކުރެެއްވި ލިސްޓްގައި އިންކަމް އެލަވެންސްގެ ގޮތުގައި ފައިސާ ދިން މީހުންގެ އައީޑީކާޑާއި އެޑްރެސް އަދި ނަމުގެ އިތުރުން އެލަވެންސްގެ ގޮތުގައި ދިން އަދަދު ވެސް ވަނީ އާއްމު ކުރައްވާފައެވެ.

ލިސްޓްގައި ހިމެނޭ މީހުން އާއްމު ކުރައްވާފައި ވަނީ، އިންކަމް ސަޕޯޓް އެލަވެންސް ދީފައި ވަނީ، ފައްޔާޒްގެ ރަހްމަތްތެރިންނަށް ކަމަށް މީހަކު ބުނި ޓްވީޓަކަށް ރިޕްލައި ކުރައްވަމުންނެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/faya_i/status/1396887353256337408?s=20

ގިނަ އާއްމުންގެ ޒާތީ މައުލޫމާތު ހިއްސާކޮށްފައި ވާތީ ފައްޔާޒުއަށް ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ. މިގޮތުން ރައީސް އޮފީހުން މިފަދަ މައުލޫމާތު އާއްމު ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ވަނިކޮށް، ފައްޔާޒް މިގޮތަށް ކަންތައް ކުރެއްވުމުން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރައްވަމުނެވެ.

ކޮވިޑް19ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް މީހުންނަށް 419.4 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް