Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ބުރާސްފަތި ދުވަހު އިއުލާންކުރަން ނިންމައިފި

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު ބުރާސްފަތި ދުވަހު އިއުލާން ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އިންޓަނެޓްގެ އާ އަގުތަކާއިސަރުކާރުގެ އާ ސިޔާސަތުތައް ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އިއުލާންކުރާނެކަމަށެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ނިންމާފައި އޮތީ، މިއަދު އެ އަގުތައް އިއުލާނު ކުރުމަށެވެ. އެހެން ނަމަވެސް، ދިމާވި ބައެއް ސަބަބުތަކާ ހެދި އަގުތައް އިއުލާނު ކުރުން މަޑުޖައްސާލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Truecaller (box)

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. މީގެ ކުރިން ވެސް އިންޓަނެޓު އަގު ހެޔޮކުރާނެ ތާރީހުކަމަށް ބުނެ އެތައް ތާރީހުތަކެއް ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް