Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް، ކެބިނެޓުން ރުހުން ދީފި

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް، ކެބިނެޓުން ރުހުން ދީފި

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އެ ޤައުމުގެ ކެބިނެޓުން ރުހުން ދީފިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން ނިންމީ އެ ޤައުމުގެ ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަވުމުން ރާއްޖޭގެ ބާޒާރުތަކުގައި އިންޑިއާގެ ކުންފުނިތަކަށް ހުންނަ ފުރުސަތުތައް ވެސް އިތުރުކުރެވޭނެ ކަމަށާއި މިކަމުން އިންޑިއާގެ އިޤްތިސާދާއި ވަޒީފާގެ ބާޒާރަށް ސީދާ ފައިދާތަކެއް ކުރާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އެ ޤައުމުން ނިންމި ކަމުގައި ވިޔަސް، އެކަން ރާއްޖެ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ރާއްޖޭގައި އިންޑިއާގެ އޮފީހެއް ހުޅުވަން ދިވެހިރާއްޖޭގެ ކެބިނެޓްގެ ބަދަލުގައި އިންޑިއާގެ ކެބިނެޓުން މިކަން ފާސްކުރުމުން މި ގައުމުގައި މިހާރު އޮތީ އިންޑިއާގެ ވެރިކަމެއްތޯ ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް