ޚަބަރު

ހަނިމާދޫން ވެސް ފައްސި ވޭދަނައެއް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހދ.ހަނިމާދޫން ވެސް ކޮވިޑަށް ފައްސި ވޭދަނައެއް ފެނިއްޖެއެވެ.

Ads by STELCO

އެ ރަށުން ފައްސިވެފައި ވަނީ މާލޭއިން އެ ރަށަށް ގޮސް ، ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ކައުންސިލްގެ ނައިބު ރައީސް ، ފިރާގު މުޙައްމަދު ވިދާޅުވީ ފައްސިވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ނަމަވެސް އޭނާއާ އެއްތާވި ބަޔަކު އެބަ އުޅޭ ކަމަށާއި  މިހާރު އެ މީހުން ދެނެގަނެވި ، ކަރަންޓީނަށް ލައިފައިވާ ކަމަށެވެ. އެ ގޮތުން ފައްސިވި މީހާއާ އެއްތާވެ ކަރަންޓީނަށް 5 މީހަކު ލައިފައިވެއެވެ.

ފިރާގު ވިދާޅުވީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވެސް މިހާރު އަޅައިފައިވާ ކަމަށާއި އެގޮތުން މާލެ ދަތުރުކުރާ އޮނޑިފަހަރަށް އާންމުން އަރައި ނޫޅުމަށް އަންގައިފައިވާނެ ކަމަށާއި އެ އެންގުމާ ޚިލާފުވާ މީހުން ވެސް ކަރަންޓީނަށް ލާނެކަމަށެވެ. މީގެ އިތުރުން ވައިގެ ބަނދަރުން އެތެރެވާ މީހުންނާ އެއްތާވުން މަދުކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހަނިމާދޫ އެއަރޕޯޓްގެ އިސްވެރީންނާ ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ފިރާގު ވިދާޅުވިއެވެ.

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖޭގެ 70އަށް ވުރެ ގިނަ ރަށް މި ވަގުތު އޮތީ އަރައިފޭބުން މަނާކޮށް މޮނިޓަރިންގައެވެ.

Ads by Allied Insurance
  1. ޢަލީ

    ޢެއްތާވާންދާމަިހުން ކަރަންޓީނުގައިތިބި މީހުނާއެކު ކަރަންޓީނުކޮށް ޖޫރިމަނަކުރަންވީ