Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީއަކަށް ވެސް ހިދުމަތް ދިނުމުގެ ހުއްދަ އޮންނާނެ: ފުލުހުން

ކާފިއު ނޫން ވަގުތު ހުރިހާ ޓެކްސީއަކަށް ވެސް ހިދުމަތް ދިނުމުގެ ހުއްދަ އޮންނާނެ: ފުލުހުން

މާލޭގައި ކާފިއު ނޯންނަ ވަގުތު ހިދުމަތް ދިނުމުގެ ހުއްދަ ހުރިހާ ޓެކްސީއަކަށް ވެސް އޮންނާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާއިން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް މާލެ ސަރަޙައްދުގައި އަޅަން ނިންމައިފައެވެ. އެގޮތުން މާދަމާއިން ފެށިގެން ދެ ހަފްތާ ވަންދެން ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 ވަންދެން ކާފިއު ގަޑި އިތުރުކޮށްފައި ވެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ފުލުހުން މިއަދު ވިދާޅުވީ އުސޫލަށް ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށާއި ހެނދުނު 8:00 އިން ހަވީރު 4:00އަށް (ކާފިއު ނޫން ގަޑިތަކުގައި) ހުރިހާ ޓެކްސީއަކުން ވެސް ހިދުމަތް ދެވޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް ކާފިއު ވަގުތު ހިދުމަތް ދެވޭނީ ކޮންމެ ސެންޓަރަކުން ހުއްދަ ދީފައިވާ 10 ޓެކްސީއަށް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

"ކާފިއު ވަގުތުތަކުގައި ކޮންމެ ސެންޓަރަކުން އެއްފަހަރާ 10 ޓެކްސީއަކަށް ނުކުމެވޭނީ. އެ ނޫން ވަގުތުތަކުގައި ހުރިހާ ޓެކްސީއަކަށް ވެސް ހުއްދަ އޮންނާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުމެ އުޅެވޭނީ ކޮންމެ ގޭބިސީއަކުން ވެސް ދެ މީހުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް