ޒުވާން އަންހެނަކަށް ކޮވިޑް ޖެހި ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ކޮވިޑް-19އަށް ފައްސިވީ ގއ.ދާންދޫގެ ޒުވާން އަންހެނަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.
27 އަހަރުގެ ޒުވާން އެ އަންހެން ކުއްޖާއަށް ކޮވިޑް ޖެހިގެން ފަރުވާއަށް ފުރަތަމަ ގެންދިޔައީ ވިލިނގިލީގައި ހުންނަ އެ އަތޮޅުގެ ކޮވިޑް ފެސިލިޓީއަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު މާލެ ގެނައީ ހާލަތު ދަށްވެ އިތުރު ފަރުވާއަށެވެ.
އެ ޒުވާނާއަކީ ވަރަށް ހަރަކާތްތެރިކޮށް އުޅޭ ޒުވާނެއް ކަމަށާއި އޭނާއަކީ ރަށުގައި އެކި ކުޅިވަރުތައް ކުޅުމުގައި ވެސް ފާހަގަ ކޮށްލެވޭ ޒުވާނެކެވެ.
އެ އަންހެން ކުއްޖާގެ ފިރިމީހާ "ދެން"އާ ވާހަކަ ދައްކަމުން ބުނީ އަނބިމީހާގެ ހާލަތު ކުރިޓިކަލް ކަމަށް ދަރުމަވަންތައިން މައުލޫމާތު ދެއްވާ ކަމަަށެވެ.
“އެތަނަކަށް ނުއެއް ވަދެވޭ ، ދެން ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު މައުލޫމާތު ދެެއްވާ ، ހޭނައްތާފަ ބާއްވައި ފަރުވާ ދެނީ” އޭނާ ބުންޏެވެ.
އޭނާ ބުނީ އަނބިމީހާގެ އިތުރު ބައްޔެއް ހުރި ކަމަކަށް ފާހަގައެއް ނުކުރެވޭ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި އަންހެން ކުއްޖާ ކޮވިޑަށް ޓެސްޓު ކުރީ އަލާމާތްތައް ފެންނާތީ މި މަހު 13ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭނާގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ލަސްވެގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ހާލު ސީރިއަަސް ވެފައިވަނީ އޮކްސިޖަން ނުހިފަހައްޓާތީ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.



.jpeg?prefix=media)


ކޮމެންޓް