ކޮވިޑް-19: ހުޅުމާލޭ ފެސިިލިޓީން އިތުރު މަރެއް!

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19ގައި ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ ގދ.ވާދޫގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ މިރޭ އިރާކޮޅުއެވެ. އަދި އޭނާ އަކީ މީގެ ކުރިން ވެސް ވަރަށް ބަލި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
މިއީ މިއަދު ރާއްޖެއިން މި ބަލީގައި ނިޔާވި 3 ވަނަ މީހާއެވެ. އޭނާ ނިޔާވީ މިއަދު އިރުއޮއްސި 7:21ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ، އޭނާގެ އުމުރަކީ 77 އަހަރެވެ. މިއަދު މެންދުރު 2:35ގައި ވެސް ހުޅުމާލެ ފެސިލިޓީއިން މީހަކު ވަނީ ނިޔާވެފައެވެ. އެއީ އެތަނުގައި އޮތް 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 147ވަނަ މީހާއެވެ. އަދި މި މަހު ރާއްޖެއިން މި ބަލީގައި ނިޔާވި 74ވަނަ މީހާއެވެ.
ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އައްޑޫ މީހަކު ވެސް މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ.