Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

“ނެޓް ހެޔޮކުރުން” މާދަމާ 10 ޖަހާއިރު

“ނެޓް ހެޔޮކުރުން” މާދަމާ 10 ޖަހާއިރު

އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު މާދަމާ 10 ޖަހާއިރު އިއުލާން ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ “ނެޓު ހެޔޮކުރުން” މާދަމާ އިއުލާނުކުރަން ހަމަޖެހިފައިވާ ކަމަށާއި، މި އިވެންޓު ލައިވްކޮސް ޓީވީ ޗެނަލް ތަކުން ގެނެސްދޭނެކަމަށެވެ.

https://twitter.com/governmentmv/status/1397601901009457152?s=21

Advertisement
Allied Insurance — Square (box)

ޓެކްނޮލޮޖީ މިނިސްޓްރީން މީގެ ކުރިން ނިންމަވާފައި އޮތީ، އަންގާރަ ދުވަހު އެ އަގުތައް އިއުލާނު ކުރުމަށެވެ. އެހެން ނަމަވެސް، ދިމާވި ބައެއް ސަބަބުތަކާ ހެދި އަގުތައް އިއުލާނު ކުރުން މަޑުޖައްސާލާފައިވާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރުކަމުގައި ކުރިން ހުންނެވި މަލީޙު ޖަމާލު ވިދާޅުވެފައި ވަނީ އިންޓަނެޓު އަގުހެޔޮ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އޭނާ ވަޒީރުކަމުގައި ހުންނަވައިގެން ކުރައްވާފައިވާނެ ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. މީގެ ކުރިން ވެސް އިންޓަނެޓު އަގު ހެޔޮކުރާނެ ތާރީހުކަމަށް ވިދާޅުވެ އެތައް ތާރީހުތަކެއް ދީފައިވެއެވެ.

އިންޓަނެޓަށް ބަދަލު ނުގެނެވި ދުވަސްތައް ދިގުލައިގެންދާ އިރު މިނިސްޓްރީންނާއި ސަރުކާރުން ވަނީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ އެ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވެސް ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުން ފާޅު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް