އަނެއްކާވެސް އިންތިޒާރެއް: މޯބައިލް ޑޭޓާ އަގުހެޔޮ ވާނީ އޮކްޓޯބަރު މަހު

އިންޓަނެޓުގެ އަގުހެޔޮ ވާނެ ދުވަހަކަށް ރައްޔިތުން ކުރަމުން އަންނަ އިންތިޒާރަށް އަނެއްކާ ވެސް 4 މަސް ދުވަސް އިތުރު ވެއްޖެއެވެ.
ނެޓު ހެޔޮ އިވެންޓުގެ ނަމުގައި މިއަދު ސަރުކާރުން އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް ބޭއްވި އިވެންޓުގައި ހާމަ ކުރި ގޮތުގައި މޯބައިލް ޑާޓާގެ އަގުތަކަށް ބަދަލު އަންނާނީ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ޕްރިޕެއިޓް ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ހަޔަރ ޑޭޓާ އެލަވަންސް އަދި ބްރޯޑްބޭންޑް ޕެކޭޖުތަކުގައި ލިބޭ އެލަވަންސްއަށް އެންމެ މަދުވެގެން 20 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމުގައި ވެސް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި އިއުލާންކޮށްފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ފިކްސްޑް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ފަހު މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ. އެގޮތުން ޖުލައި މަހު ފިކްސްޑް ބްރޯޑްބޭންޑުގެ އަގުހެޔޮ ކުރާއިރު މޯބައިލް ޑާޓާގެ އަގު ހެޔޮވާނީ އޮކްޓޯބަރު މަހުން ފަށައިގެންނެެވެ.






ކޮމެންޓް