ޚަބަރު

މިއީ ސިޔާސީ ވާހަކަ ދައްކަން ޖެހޭ ވަގުތެއް ނޫން : މިނިސްޓަރު މާރިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ދަތި ދަނޑިވަޅަކީ ސިޔާސީ ވާހަކަތައް ދައްކަން ޖެހޭ ވަގުތު ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭ ފަތިހު، މާލެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ސަަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ވަގުތަކީ ސިޔާސީ ވާހަކަ ދައްކަން ޖެހޭ ވަގުތެއް ނޫން ކަމަށާއި މި ވަގުތަކީ ސިޔާސީ ކަންކަން އެއްފަރާތްކޮށް ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންކަން ކުރެވޭތޯ ބަލަންވީ ވަގުތު ކަމަށެވެ.

ރޭ ފަތިހު، މާލެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ސަަރަހައްދަށް ޒިޔާރަތްކުރައްވައި މިނިސްޓަރު މާރިޔާ ވަނީ އަލިފާން ނިއްވާ ފަރާތްތައް ކުރަމުން ދިޔަ މަސައްކަތް ބައްލަވާލައްވައިފައެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ހާދިސާގެ މައުލޫމާތު އޮޅުން ފިލުވައި، ލިބުނު ގެއްލުންތައް ވެސް އެ ކަމަނާ ވަނީ ބައްލަވައިލައްވައިފައެވެ.

އަލިފާނުގެ ހާދިސާއެއް ރޭ ފަތިހު 05:00 ހިނގާފައިވަނީ މއ.މޯރނިންގ ވިއުގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އެނގިފައެއް ނުވެއެވެ. އަދި ތަކެއްޗަށް ގެއްލުންވީ ކިހާވަރަކަށް ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!